ސޮލިއުޝަންސް ސަފާރީ

 

ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އެކްސެލެރޭޓަރ ލެބް އިން ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް ދިމާވާ އެކި އެކި މައްސަލަތަކާއި ތަރައްޤީގެ ގޮންޖެހުންތަކުގެ ހައްލުތައް އަޅުގަނޑުމެންގެ ތެރޭގައި އެބަހުއްޓެވެ. ތަރައްޤީގެ ގޮންޖެހުންތަކަށް ވަށާޖެހޭ ހައްލުތައް ހޯދުމަށްޓަކައި ބޭނުންވާ ޢިލްމާއި ފިކުރުވަނީ ތިޔަފަރާތްތަކުގެ ފުށުގައެވެ. ގޮންޖެހުންތަކާ އެންމެ ގާތުން ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގައެވެ

ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އެކްސެލެރާޓާރ ލެބްއިން އިފްތިތާހު ކުރާ ވާޓުއަލް ސޮލިއުޝަންސް ސަފާރީއިން މުޖުތަމައުގެ އެކި ފަރާތްތަކުން އެކި ކަންކަމަށް ހޯދާފައިވާ ހައްލުތަކާއި އެ ހައްލުތަކާއި ބެހޭ އިތުރު މައުލޫމާތު އެއް ކުރާނެއެވެ. މީގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގެ އެކި ފަރާތްތަކުން ހޯދާފައިވާ ހައްލުތަކާއި އެ ހައްލުތައް ހޯދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، ބަލައިގަނެ އަދި ގިނަބަޔަކަށް މިމަޢުލޫމާތު ފޯރުކޮށްދިނުމެވެ

 ހައްލަކީ ހަމައެކަނި ހިޔާލަކަށް، ނުވަތަ މިހާރުވެސް އެ ހައްލެއް އިތުރަށް ފުރިހަމަކޮށް ޓެސްޓު ކުރުމަށް މަސައްކަތްކުރަމުންދާ ހައްލަކަށް ނުވަތަ އެ ހައްލަކީ ހައްލެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެ، އެ ހައްލެއްގެ ސަބަބުން މިހާރުވެސް ގިނަ ބަޔަކަށް މަންފާ ވާ ހައްލަކަށްވުންވެސް އެކަށީގެންވެއެވެ. ވަކި މައްސަލައެއް ނުވަތަ ގޮންޖެހުމަކަށް އަމާޒުކޮށްގެން ގިނަ ބަޔަކަށް މަންފާ ވާނެ ގޮތަށް ބައްޓަން ކުރެވިފައިވާ ޚިޔާލެއް ނުވަތަ އަމަލީ ސިފައެއް އެ ޙިޔާލެއްގައި ޖެއްސިފައިވާ ކޮންމެ އެއްޗަކީ ހައްލެކެވެ

ސޮލިއުޝަން ސަފާރީ އަކީ މުބާރާތެއް ނޫނެވެ. ސޮލިއުޝަންސް ސަފާރީއަށް ހުށަހެޅޭ ހައްލު ތައް އަޅުގަނޑުމެންނެއް ވަޒަނެއް ނުކުރާނަމެވެ. އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި

ހ. ކޮންމެ މައްސަލައެއް ނުވަތަ ގޮންޖެހުމަކަށްވެސް، އެއް ހައްލަށް ވުރެ ގިނަ ހައްލު ވެއެވެ

ށ. ކޮންމެ ހައްލެއްވެސް ފެށެނީ ކޮންމެވެސް މީހަކު އެކަމާ ވިސްނާ ފިކުރުކުރަން ފަށާ ހިސާބުންނެވެ

ނ. ހަޤީޤީ ކުރިއެރުން ލިބެނީ އަޅުގަނޑުމެންގެ ޙިޔާލުތަކާއި ހައްލުތައް އެހެންމީހުންނާއި ހިއްސާކޮށް،  އެ ޚިޔާލުތަކާއި ހައްލުތައް އިތުރަށް ފުރިހަމަ ކުރުމަށް ޝައުގުވެރިވާ އެހެން ފަރާތްތަކާއިއެކު މަސައްކަތްކޮށްގެންނެވެ

އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ، ސޮލިއުޝަންސް ސަފާރީތައް މެދުވެރިކޮށް އެއް ކުރެވޭ ހައްލުތަކާއި ބެހޭ މަޢުލޫމާތު އެއް ތަނަކުން ލިބޭނޭ ޑިޖިޓަލް މަންސާއެއް ގާއިމުކުރުމެވެ. އަދި މި މަންސައަކީ އެކި އެކި ހައްލުތައް އުފައްދާ ޓެސްޓުކުރަމުންދާ ފަރާތްތަކަށް ހަމަ އެފަދަ ހައްލުތައް ހޯދައި އެފަދަ މަސައްކަތްކުރާ އެހެން ފަރާތްތަކާއި ގުޅުވައިދޭ މަންސައަކަށް ހެދުމެވެ. އަދި ހަމަ އޭގެ އިތުރުން، މި މަންސައަކީ އެކި އެކި ފަރާތްތަކުން ހޯދަމުންދާ އެކި ހައްލުތައް، އ.ދ. ގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ހަމައަށް ވާސިލުވުމަށް ބާރުއަޅާގޮތް ދައްކުވައިދޭ މަންސައަކަށްވާނެއެވެ

އެހެންކަމުން ތިޔަ ފަރާތުގެ އަތުގައި ހައްލެއް ވާނަމަ، އެ ހައްލަކާއި ބެހޭ އިތުރު މައުލޫމާތު، 13 މެއި 2021 ގެ ކުރިން އަޅުގަނޑުމެންނާއި ހިއްސާކޮށްލަށްވާށެއެވެ

ހައްލުތައް ހުށަހެޅުއްވުމަށް:  https://5eq3v9fxyyi.typeform.com/to/DnILqtMQ

_________________________________________________________________